އަލްމަރްޙޫމާ ހަރީރާ ޢީސާ (ހަރީދައިތެ) ލ.ގަމު މަތިމަރަދޫ އެއްމުލިގެ
އަލްމަރްޙޫމާ
ހަރީރާ ޢީސާގެ ބައްޕައަކީ ލ.އިސްދޫ ކަލައިދޫ
ޢީސާ އެވެ. މަންމައަކީ ލ.ކަލައިދޫ ކަތްދާ (ޚަދީޖާ) އެވެ. ކަލައިދޫ ޢީސާގެ
ދަރިންކަމަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވަނީ (ހ) ދޮންއައިޝާ، (ށ) ހަރީރާ، (ނ)
މުޙައްމަދު (ކަލައިދޫ މުޙައްމަދު)، (ރ) އިބްރާހިމް (ދޮންސޮރު) އެވެ.
އަލްމަރްޙޫމާ ހަރީރާ ޢީސާ އެއްމުލިގެ، ލ.ގަން |
(ހ) ދޮންއައިޝާ
ކައިވެނިކުރީ ކުޅުދުއްފުށީ ކަތީބަގެ ހިޔަލަގެ ބަރުބޭފާތިމަގެ ވަލުގޭ ކަޅުސޮރުގެ
ވަލުގޭ ޔޫސުބްއާއެވެ. ލިބުނު ދަރިންނަކީ، (ހ-1) ވަލުގޭ އައިމިނަ (އައިމިން ދައިތެ)
(މީނާގެ އާއިލާ ފޮނަދޫގައި)، (ހ-2) ވަލުގޭ ޢަބުދުﷲ
(ލ.ގަމު މަތިމަރަދޫ ގޯނބިލިގެ)،
(ހ-3)
ވަލުގޭ މަރިޔަނބު (މީނާ މާލެއިން މީހަކާއި އިނދެގެން 1 ކުއްޖަކު ލިބުނުކަން
އެނގިފައިވެއެވެ. މިއީ ކާކުކަން އަދި ހޯދިފައިނުވެއެވެ.)
ވަލުގޭ ޔޫސުބްގެ (ހ-4) ޔޫނުސް އަކީ ދޮންއައިޝާ ނިޔާވުމުން މުންޑޫ މީހަކާއި ކައިވެނިކޮށްގެން ލިބުނުދަރިއެކެވެ.
ވަލުގޭ ޔޫސުބްގެ (ހ-4) ޔޫނުސް އަކީ ދޮންއައިޝާ ނިޔާވުމުން މުންޑޫ މީހަކާއި ކައިވެނިކޮށްގެން ލިބުނުދަރިއެކެވެ.
(ށ) އަލްމަރްޙޫމާ ހަރީރާ ޢީސާއަށް
ދެކައިވެންޏަކުން ދަރިން ލިބިފައިވެއެވެ. ފުރަތަމަ ކައިވެނިކުރެއްވީ ކުޅުދުއްފުށީ
ކަތީބުގެ ހިޔަލަގެ ބަރުބޭފާތިމައާއި ތުއްތަކުރުގެ ދަރި ވަލުގޭ ކަޅުސޮރު (ޢަލީ)ގެ
ވަލުގޭ އިބްރާހިމް އާއެވެ. ލިބުނު ދަރިންނަކީ، (ށ-1) އަބޫބަކުރު އިބްރާހިމް
(ވަލުގޭ އަބޫކުރު) ފިނިވާގެ، (ށ-2) އައިމިނަތު އިބްރާހިމް (މަންދަގެ)، (ށ-3) ކަޅުހުއްތު (ދާއޫދު އިބްރާހިމް)، (ށ-4) ޢަލީ އިބްރާހިމް (ހަރީގެ އައްޔަ) އެވެ.
މިކުދިންގެ
ވަރަށް ޅަފަތުގައި ވަލުގޭ އިބްރާހިމް ނިޔާވެއްޖެއެވެ. އެހެންކަމުން މިކުދިން
ބެލުމުގެ މަސްޢޫލިއްޔަތާއި ޙަވާލުވެ ހަރީރާއާއި ކައިވެނިކުރެއްވީ ވަލުގޭ
އިބްރާހިމް އާއި ދެބެންގެ ދެދަރި ޙުސޭނު (ދޮންބޭގެ ޙުސޭނު)އެވެ. ދޮންބޭގެ ޙުސައިންއަކީ
ކުޅުދުއްފުށީ ކަތީބުގެ ހިޔަލަގެ ބަރުބޭފާތިމައާއި ތުއްތަކުރުގެ ދޮންބޭ (ޔޫސުބު)ގެ
ޙުސައިން އެވެ.
މިކައިވެނިން
ލިބުނު ދަރިންނަކީ، (ށ-5) ޖަމީލާ ޙުސައިން އާއި (ށ-6) ޢަބުދުﷲ ޙުސައިން
(އައިސްޓްރޭޑަރސް) އެވެ.
ދޮންބޭގެ
ޙުސޭނުގެ ދެދަރިންކަމަށްވާ ޢަބުދުއްރަޙްމާން ޙުސައިން (ޙުސެންބޭބޭގެ ފުތަ) އާއި ޢަލީ ޙުސައިން (އުދަރެސް ލ.ގަން) އަކީ
ފާޠިމަކިޔާ މީހަކާއި ޙުސެންބޭބެ
ކައިވެނިކޮށްގެން ލިބުނު ދެކުދީންނެވެ. (މިފާތިމަގެ އިތުރު މަޢުލޫމާތު
އަދިހޯދިފައިނުވެއެވެ.)
(ނ) މުޙައްމަދު
(ކަލައިދޫ މުޙައްމަދު) ކައިވެނިކުރީ ތުއްދިޔަގެ ދޮންފުތުގެ ދޮންހަސަނުގެ ޔޫނުސްގެ
ދޮންއައިޝާ އާއެވެ. ދޮންއައިޝާގެ މައިފުށުން ކުޅުދުއްފުށީ ކަތީބާއި ގުޅެއެވެ.
އެގޮތަކީ، ކުޅުދުއްފުށީ ކަތީބުގެ ހިޔަލަގެ ދޮންކޮއްކޯގެ ބޮޑު ދޮންމަރިޔަނބުގެ ސޭކަ
ހައްވޭގެ އައިމިނައަކީ ދޮންއައިޝާގެ މަންމައެވެ. ސޭކަހައްވޭގެ ބައްޕަ ކުޑަފުތަކީ
ކުޅުދުއްފުށީ ކަތީބުގެ ހިޔަލަގެ ބަރުބޭފާތިމައާއި ތުއްތަކުރުގެ ކައިވެނިން ލިބުނު
ކުޑަފުތެވެ.
ކަލައިދޫ
މުޙައްމަދާއި ދޮންއައިޝާގެ ދަރިންނަކީ، (ނ-1) ރުއްޤިއްޔާ މުޙައްމަދު، (ނ-2) ޢަބުދުﷲ (ދަރިއަކުނެތި ޒުވާން ޢުމުރުގައި ނިޔާވެފައި) (ނ-3) ޖައުފަރު މުޙައްމަދު، (ނ-4) އަޤުލީމާ މުޙައްމަދު، (ނ-5) އިބްރާހިމް މުޙައްމަދު (ދަރިއަކުނެތި ނިޔާވެފައި)،
(ނ-6) ނަސްރީނާ މުޙައްމަދު އެވެ. ކަލައިދޫ
މުޙައްމަދާއި ދޮންއައިޝާ ދިރިއުޅުނުގެޔަށް ކިޔައިއުޅެނީ "ދޮން ގެ"
(މިހާރު ބަށިމާގެ) އެވެ. އެހެންކަމުން ކަލައިދޫ މުޙައްމަދުގެ ދަރިންގެ ނަމުގެ
ކުރިއަށް "ދޮންގެ" އިތުރުކޮށްގެން މުޚާޠަބުކުރެއެވެ. މިގެޔަށް
"ދޮންގެ" ކިޔުނު ގޮތަކީ މަތިމަރަދޫގައި ރާނާ އުވަޖަހައިގެން ހެދި
ފުރަތަމަ ގެޔަކީ މިގެކަމަށްވާތީ ކަމަށްވެއެވެ. މިގެއަކީ އަޞްލު މަންދަގޭ ޢަލީ ދީދީ
ކަތީބު (ގުލްފާމުވާދީ އާމިނަތު ދީދީގެ ބައްޕަ) ދިރިއުޅުއްވުމަށް އެޅިގެއެކެވެ.
ޢަލި ދީދީ ކަތީބު ނިޔާވުމުން އޭނާގެ ހުވަފަތް އަނބިކަނބަލުން ސަންޕޭ (ބޮޑަގޭ
ސަންޕޭ) ގެވިއްކާލާފައި ތުނޑިއަށް ދިރިއުޅުން ބަދަލުކުރީއެވެ.
(ރ) ދޮންސޮރަ
(އިބްރާހިމް) ދިރިއުޅުނީ އިސްދޫ ކަލައިދޫގައެވެ. އިސްދޫ ކައުންސިލަރކަން ކުރެއްވި އަޙުމަދު ޚަލީލް އަކީ މީނާގެ ދަރިއެކެވެ.
ހަރީރާ ޢީސާ
ނިޔައުވީ 12 ޖުލައި 2003މ. ގައެވެ. މާތްﷲ މިމަރްޙޫމްގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން
ލިޔުނީ:
ޠާހާ އަބޫބަކުރު
25
ޑިސެންބަރު 2012މ.
މަޢުލޫމާތުގެ
މަސްދަރުތައް:
އަލްމަރްޙޫމް މުޙައްމަދު
އިބްރާހިމް ދީދީ(މަންދަގޭ މުޙައްމަދުބެ)، ރޯޒީސައިޑް، ލ.ގަން
އަލްފާޟިލް މުޙައްމަދު ޢީސާ،
ބަށިމާގެ، ލ.ގަން
އަލްފާޟިލް އިދުރީސް ޙުސައިން
ދީދީ، ގުލްފާމުވާދީ، ލ.ގަން
އަލްފާޟިލް އަބޫބަކުރު އިބްރާހިމް،
ފިނިވާގެ، ލ.ގަން
No comments:
Post a Comment