”އެވޭލާ
އަކުރާއި ދިވެސް އަކުރު ލިޔަންކިޔަން ދަންނަ ކޮންމެވެސް ބަޔަކު، އަބަދުވެސް
ދިވެހީންގެ ތެރޭގައި ތިބެންވާނެއެވެ. ނޫންނަމަ، ތާރީޚްގެ ދުރު ޒަމާން އޮޅުން ފިލާ
މަގު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ" އަޙުމަދު
ޝަފީޤު (1994).
އަލްޙަމްދުލިﷲ. މީގެ 900 އަހަރުކުރިން ދިވެހިން
ލިޔެއުޅުނު އަކުރު ކަމުގައިވާ "އެވޭލާ އަކުރު" ލިޔަންކިޔަން
ދަސްވިކަމުގެ އުފާލިބިގަންނަމެވެ. މިކަމުގައި އެހީތެރިކަން ހޯދީ، ސްރީލަންކާގެ
ޕްރޮފެސަރ ވިޖެޔަވަރުދަނާ އާއި ޙަސަން އަޙުމަދު މަނިކު ކުރައްވާފައިވާ އިސްދޫ
ލޯމާފާނުގެ ތަރުޖަމާ އާއި ޑރ.ޙަސަން ޙަމީދުގެ ލިޔުއްވުމަކުންނާއި، ދަނބިދޫ
ލޯމާފާނު ތަރުޖަމާކުރެއްވި އަލްމަރްޙޫމް ޢަލީ ނަޖީބުގެ ވަރަށް ބޮޑު ޙިއްސާއެއް އޮވެގެން
ތައްޔާރުކުރައްވައި އަލްމަރްޙޫމް އަޙުމަދު ޝަފީޤް ނެރުއްވި "އެވޭލާ
އަކުރު" ފޮތުންނެވެ. މަތީގައި އެވޭލާއަކުރުން ލިޔެފައި އެއޮތް ލިޔުންކޮޅު
ލިޔެފައި އެވަނީ ޑރ.ޙަސަން ޙަމީދު އުފައްދަވާފައިވާ "އެވޭލާ އަކުރު"
ފޮންޓުންނެވެ. މިމަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީވެސް ޑރ.ޙަސަން
ގެ ބްލޮގްގައިވާ ލިޔުމެވެ. އެހެންކަމުން ޑރ.ހަސަން ޙަމީދުގެ މަސައްކަތްޕުޅަށް ހިތުގެ
އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. އަދިހަމައެއާއެކު، ދިވެހިބަހުގެ
އެކަޑެމީގެ ރައީސް އަޝްރަފް އާއި ނޢޢވ ނަސީމާ މުޙައްމަދު ދެއްވި ހިތްވަރަށާއި އާމިނަތު
ޝާޒިނާގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވެސް ޝުކުރު ދަންނަވަމެވެ.
No comments:
Post a Comment