Thoha AbuBakur's Blog: ދީނީ
Showing posts with label ދީނީ. Show all posts
Showing posts with label ދީނީ. Show all posts

Friday, October 7, 2016

ހުކުރު ޚުޠުބާ

9:23 PM 1
ހުކުރު ޚުޠުބާ
ހުކުރު ޚުޠުބާ
މިސްކިތް
މަޢުޟޫ
ތާރީޚް
#
މަސްޖިދުލްނަހްލާ / ލ.ކައްދޫ
ރިޒްޤު ހޯދުމަށް މަސައްކަތް ކުރުން
19
މަސްޖިދުލްސަބީލި / ލ.ކައްދޫ
މުޖުރަމަޢުގެ ބާއްޖަވެރިކަމަށްޓަކައި މުރައްބީންގެ ދައުރު
18
މަސްޖިދުލްޒިކްރާ / ލ.ގަން، މުކުރިމަގު
ދިރާސީ އާ އަހަރާ ކުރިމަތިލާ ހިނދު
17
މަސްޖިދުލްސަބީލި / ލ.ކައްދޫ
އިސްލާމް ދީން ދެމެހެއްޓުން ދިވެހިންގެ ޒިންމާއެއް
16
މަސްޖިދުލްސަބީލި / ލ.ކައްދޫ
 އިންސާނީ ޙައްޤުތައް
15
މަސްޖިދުލްތައުބާ / ލ.ގަން، މަތިމަރަދޫ
ކަނޑަކީ ﷲގެ ކުޅަދުންވަންތަކަމުގެ ބޮޑުވެގެންވާ ދަލީލެއް
14
މަސްޖިދުލްސަބީލި / ލ.ކައްދޫ
ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މައްސަރު
13
މަސްޖިދުލްތައުބާ / ލ.ގަން، މަތިމަރަދޫ
ރިޝްވަތަކީ ތަރައްޤީއަށް އޮތް ހުރަހެކެވެ.،
12
މަސްޖިދުލްނިޢުމާ / ލ.ގަން، ތުނޑި
ﷲގެ މަގުގައި ހޭދަކުރުން
11
މަސްޖިދުލްތައުބާ / ލ.ގަން، މަތިމަރަދޫ
ޒަކާތް ދިނުން،
10
މަސްޖިދުލްސަބީލި / ލ.ކައްދޫ
ޢާޝޫރާ ދުވަސް ،
9
މަސްޖިދުލްސަބީލި / ލ.ކައްދޫ
އިސްލާމީ އުއްމަތުގެ ޙާލަތު،
8
މަސްޖިދުލްސަބީލި / ލ.ކައްދޫ
ޙައްޖުގެ އަޅުކަންތަކުން ލިބޭ ތަމްރީނުތައް،
7
މަސްޖިދުލްސަބީލި / ލ.ކައްދޫ
އިންސާނީ ވަގުފާރި.........ޒަމާނީ އަޅުވެތިކަން،
6
މަސްޖިދުލްސަބީލި / ލ.ކައްދޫ
މިސްކިތުގެ އަދަބުތައް ،
5
މަސްޖިދުލްސަބީލި / ލ.ކައްދޫ
އެބަޔަކު ދެކެ ﷲ ލޯބިވެ ވޮޑިނުގަންނަވާ މީހުން ،
4
މަސްޖިދުލްސަބީލި / ލ.ކައްދޫ
މިނިވަންކަމުގެ މަސްއޫލިއްޔަތު ،
3
މަސްޖިދުލްސަބީލި / ލ.ކައްދޫ
ފިޠުރު ޢީދު ޚުޠުބާ 1437 ،
2
މަސްޖިދުލްސަބީލި / ލ.ކައްދޫ
ލައިލަތުލްޤަދްރިވިލޭރޭ ހޯދާށެވެ! ،
1

ޢިބްރަތުގެ މުތްތައް

2:00 PM 0
ޢިބްރަތުގެ މުތްތައް

Tuesday, July 28, 2015

ކާޅު: ހުތުރަކަސް މުހިއްމު

10:33 AM 0
ކާޅު: ހުތުރަކަސް މުހިއްމު
ލިޔުނީ: ޠާހާ އަބޫބަކުރު، ލ.ގަން. 28 ޖުލައި 2015މ.

ކާޅަކީ އެސޮރުގެ ސިފަހުތުރުކަމަށްޓަކައި ދޫންޏެއްކަމުގައިވެސް ގިނަމީހުން ޤަބޫލުކުރަން ބޭނުންނުވާ ދޫންޏެކެވެ. މުޅިގައިގާ ކަޅުކުލައިގެ ފަތްހުރެފައި ކާނާގެގޮތުގައި ކޮންމެއެއްޗެއްވެސް ކަމުދާ ކާޅުގެ ހިނގުމާއި ގޮވެއްޔަކީވެސް އިންސާނުން އަހާބަލަން ޝައުޤުވެރިވާ ސިފަތަކެއްކަމަކަށް ނުވެއެވެ. ކާޅަކީ ނުހޮރުއްޕާނެއްގެގޮތުގައި ބެލުމުގެ އިތުރުން ނާމާންކަމާއިގުޅިފައިވާ އެއްޗެއްކަމުގައިވެސް ބަލާމީހުން މަދެއްނޫނެވެ. ދިވެހިބަހުގެ ރަދީފުގައި ކާޅު ސިފަކޮށްފައިވަނީ "ކަޅު ކުލައިގެ ދޫންޏެކެވެ. މިއީ އިންސާނުން ކައިބޮއި އުޅޭ އެއްޗެއްސާއި، ހަޑި ކުނި ބުންޏާއި، ފުޅަ ތަކެތިވެސް ކައި އުޅޭ، ދަހި، ލަދުކުޑަ އެއްޗެކެވެ. މީގެ ތުން ވަރުގަދަވެފައި ކަޅުވާނެއެވެ. ކާޅަކީ، އެއްސިފައަކަށް ހަރަކާތްތެރިވެއުޅޭ، އެކިއެކި ހިލަމަށްސިހޭ، ހޭބަލާ " ދޫންޏެއްގެ ގޮތުގައެވެ.
ކޮންމެއަކަސް އިންސާނުން މިބިންމަތީގައި އުޅެންފެށީއްސުރެ މިދެމެދުގައި އޮތީ ވަރަށް ހައިރާންކުރުވަނިވި ގުޅުންތަކެކެވެ. ކާޅުގެ ގެއްލުމާއި ފައިދާ ސީދާގޮތުންނާއި ނުސީދާގޮތުން އިންސާނުން ދިޔައީ ތަޖުރިބާކުރަމުންނެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުން ކާޅަކީ ވަރަށް ވިސްނުންތޫނުވެސް އެއްޗެކެވެ.

ކާޅު ރާއްޖެއައުން:

ބައެއް ތާރީޚުލިޔުއްވުންތެރިން ދެކެވަޑައިގަންނަވާގޮތުގައި، އިންޑިއާގެ ގުޖުރާތުގައި އުފެދުނު އިންޑަސް ވާދީ ރަށްވެހިކަމާއި ދިވެހިރާއްޖެ އާބާދުވުމާއިގުޅުންއެބަހުއްޓެވެ. އަދި ރާއްޖެއަށް ކާޅުއައީވެސް މިމީހުންގެ ނައުޒޯގު ފަހަރުގައެވެ. އެޒަމާނުގައި ކަނޑުދަތުރުފަތުރުގައި ހިކިފަސްތަނެއް އޮތްތޯބެލުމަށް ނައުގެ ކައްޕިތާނުން އޮޅުކޮށްގެން ގެންގުޅޭ ކާޅު އުދުއްސާލާކަމަށްވެއެވެ. ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް ހިމެނޭ ދޫނިކަމަށްވާ ކާޅު، އައްޑުއަތޮޅު ފިޔަވައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައިހެން އަންނަނީ ދިރިއުޅެމުންނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި 40 ބާވަތެއްގެ ކާޅުއުޅޭކަމަށް ރިކޯރޑްކުރެވިފައިވާއިރު ދިވެހިރާއްޖޭގައި މިއުޅޭކާޅަކީ، އިންޑިއާ އާއި ސިލޯނުންވެސް މިފެންނަ ކާޅު އާއިލާ (Corvus splendens)ގެ ސަބްކްލާސްއެއް ކަމަށްވާ (Corvus splendens maledivicus)އެވެ. އެގޮތުން ރާއްޖޭގެ ކާޅު އެތަންތަނުގެ ކާޅަށްވުރެ ތަންކޮޅެއް ބޮޑެތިކަމަށް ފާހަގަކުރެވެއެވެ. (ވިލްމޯރ، 1979).  
ދިވެހި މާހައުލުގައި ޒަމާނުންސުރެ ދައުރުވަމުންދާ މުސްކުޅި ބުނުންތަކާއި މިސާލުބަސްތަކުގެ ތެރޭގައިވެސް ކާޅަށް ނިސްބަތްކުރެވިފައި އެބަހުއްޓެވެ. މިސާލެއްގެ ގޮތުން، "ތެޔޮ ނާށި ކާޅު ގެންދިޔުން"، "ތިމާ އާއި ނުބެހޭ ކަމަކާ ކާޅުކެޔަސް ސޮއް ނުގޮވާށެވެ"، "ޔަހުޔާ ކާޅު ހިފިހެން" އަދި "ކާޅު ގުއި ބަންގާޅަށް ދިޔަހެން" ފަދަ އަދަބީ ބަސްތަކުގައެވެ. "ކާޅު ދެލޮލަ އެއް އޮށޭ، މުޅި ގާ ހުސް ކަޅަފަތޭ.." މިހެން ކިޔާފައި އޮންނަ ބަންޖެއް ޒާތުގެ އެއްޗެއްވެސް އަޅުގަނޑުމެން ކުޑައިރު އަހާ، ކިޔައި އުޅެމުއެވެ.
މަޝްހޫރު ދިވެހި ވާހަކަ "ދޮންހިޔަލަ އާއި އަލިފުޅު" އަދި "ބުރުނީ ކަމަނާ ރައިވަރު" ގައި އުޅޭފަދަ ހުދުކާޅަކީވެސް މަދުމަދުން ފެންނަ ކާޅެކެވެ. މިބާވަތުގެ ކާޅެއް 2011 ވަނަ އަހަރު މުލަކަތޮޅު ކޮޅުފުށިން އަޅުގަނޑުވެސް ދުށީމެވެ. އެސޮރުގެ ކުލަ ތަފާތުވުމުންވެސް ތޯއްޗެކެވެ. އެސޮރު ގޮނޑުދޮށުގައި އުޅުނުއިރު ގުރޫޮޕްގައި ހިމެނޭ އެހެން މެމްބަރުންނާ ވަރަށް ބޮޑަށް އެކަހެރިކޮށްލާފައި އިންނަކަމަށް ފާހަގަކުރެވުނެވެ.

ކާޅުގެ ވިސްނުންތެރިކަން:

ކީރިތި ޤުރުއާނުގައި ނަން ބަޔާންކޮށްދެއްވާފައިވާކަމަށްވަނީ 3 ދޫންޏެކެވެ. އެއީ ކާޅު، ސަލްވާ (ބަނީ އިސްރާޢީލްބާގާގެ މީހުންނަށް މަންނަ އާއެކު ފޮނުވުނު) އަދި (ސުލައިމާނުގެފާނުގެ) ހުދުހުދު އެވެ. އެންމެހާ އިންސާނުންގެ ބަފައިކަލުނަށަވި އާދަމް އަލައިހިއްސަލާމްގެ  ފުރަތަމަ ދަރިކަލުން ޤާބީލް އަނިޔާވެރިގޮތެއްގައި އޭނާގެ ކޮއްކޯފުޅު ހާބީލް ޤަތުލުކޮށްލުމަށްފަހު އެކުރެވުނު ނުބައިކަން ހިތަށްވަދެ، އަޚާގެ މުޅަ މަސްގަނޑާއިމެދު ކަންކުރާނެގޮތެއް ނުވިސްނި ފިކުރުބޮޑުވެފައި ވަނިކޮށް އެތަނަށް ދެކާޅު ފޮނުއްވެވިއެވެ. މިދެކާޅު ތަޅާފޮޅާ އެއްކާޅު މަރުވުމުން ތުންގަނޑުން ވަޅެއްކޮނެ މަރުވިކާޅު ވަޅުލުމުން ޤާބީލްއަށް ލިބުނު ފިލާވަޅު ކީރިތިޤުރުއާނުގެ ސޫރަތުލް މާޢިދާގެ 31 ވަނަ އާޔަތުގައި ބަޔާންކޮށްދެއްވާފައިއެވަނީއެވެ. އާދެ، މިއީ ކޮންފަދަ ބޮޑު ފިލާވަޅެއްތޯއެވެ؟
ކާޅުގެ ވާހަކަތަކުގެތެރެއިން އަޅުގަނޑުމެން ޝައުޤުވެރިކަމާއެކު އަޑުއަހާ ޢިބްރަތްތެރި އަނެއްވާހަކައަކީ، ކަރުހިއްކައިގަނެފައިވާ ކާޅެއް ފެންބުއިމަށް ހޯދި ޙައްލުގެ ވާހަކައެވެ. ތުންނުފޯރާ ހިސާބު ފުލުގައި ހުރި ފެންފޮދު ހޯދުމަށްޓަކައި ފަހަރަކު ގާކޮޅެއް އޭގެތެރެއަށް ވައްޓާލައިގެން ފެންފޮދު ހޯދިގޮތުގެ ވާހަކައެވެ. ބުނެވޭގޮތުގައި 2500 އަހަރަށްވުރެ ބޯދާ މިވާހަކައަކީ ޤަދީމީ ގްރީކްގެ ވާހަކަކިޔުންތެރިއެއް ކަމަށްވާ އީސޯޕް (Aesop ) ގެ އުފެއްދުމެކެވެ.
ކާޅުގެ ސަބަބުން ދަނޑުވެރިކަމަށާއި، ޢާންމު ދިރިއުޅުމަށްވެސް ދަތިވާފަދަ ކަންކަންކުރިމަތިލާންޖެހެއެވެ. ރާއްޖޭގައި ކާޅުމަރަނީ ބަޑިޖަހައިގެންނާއި ވިހަލައިގެންނެވެ. ބަޑިޖަހައިގެން ކާޅުމެރުމަކީ، ވަރަށް ކާމިޔާބު ނޫން މަސައްކަތެއްކަމުގައި ދެންނެވިދާނެއެވެ. ސަބަބަކީ ފުރަތަމަ ވަޒަން ގޮވުމާއެކު ކާޅުތައް އެކަން ދެނެގަނެ ނުރައްކަލުގެ ރަނގަބީލަކުން އެސޮރުމެންގެ އެންމެންނަށް އިންޒާރުކުރުވާތީއެވެ. ބަޑިޖަހާ މީހާއާއި، ގެންގުޅޭ ހަތިޔާރުގެ ސިފައަށްދާންދެން ދެނެގަނެއެވެ. ބައެއް ދަނޑުވެރިން ފާހަގަކުރާގޮތުގައި، ކާޅުމެރުމަށްޓަަކައި ވިހަލާފައި ބަހައްޓާ ކަރާ ކައިގެން ކާޅު މަރުވާންފެށުމުން، ކަނޑާފައި ހުންނަ ކަރަލުގެ ބަދަލުގައި ހަމައެކަނި ވެޔޮގަނޑުގައި ހުންނަ ކަރަލަށް ހަމަލާދިނުމަށް އެސޮރުމެން ސަމާލުކަންދެއެވެ. އެހެންކަމުން ކާޅަށް ހަމަލާ ދޭން ޖެހެނީ ތަފާތު އިސްތިރާޖީތައް ބޭނުންކޮށްގެންނެވެ.  

ކާޅު މަރާ ހުސްކޮށްފިނަމަ...

ކާޅަކީ އެސޮރުގެ ކެއުމަކަށް ކޮންމެ އެއްޗެއްވެސް ކަމުދާ ދޫންޏެކެވެ. އެގޮތުން ގަސްގަހާގެއްސަށް ގެއްލުންދޭ އެކި ފަނިފަކުސައާއި ސޫފާސޫފިވެސް އެސޮރުގެ ކާނާގެ ތެރޭގައި ހިމެނެއެވެ. މެލޭޝިޔާއާއި އޯމާނުގައި ކާޅު އާލާކުރުމުގެ ބޭނުމަކަށް ވެފައި އޮތީ ދަނޑުގޮވާންތަކަށް ގެއްލުންދޭ ބައެއް ކަހަލަ ސޫފާސޫފީގެ ކިބައިން ދަނޑުތައް ސަލާމަތްކުރުމެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ރުކުމަޑި އުފެދޭ ފަނި "ކާޅު ދޮންކެޔޮ" ނުވަތަ "މާރުއްފަނި" އަކީ ކާޅުގެ މީރު ކާނާއެކެވެ. އެހެންކަމުން ދިވެހިރުކަށް ވަރަށްބޮޑަށް ގެއްލުންދޭ ބާވަތެއްކަމަށްވާ ރުކުމަޑީގެ އާބާދީ ކޮންޓްރޯލްކުރުމުގައި ކާޅުގެ މުހިއްމު ދައުރެއް ހިމެނިފައި ވަނީއެވެ.
އިރުމަތީ އެފްރިކާގެ އައްސޭރީގައިވާ ޖަޒީރާ ޤައުމެއްކަމުގައިވާ ޒަންޒިބާރުގައި ކާޅު އާބާދުކުރުމުގެ މަޤުޞަދު ތަފާތެވެ. ޒަންޒިބާރަށް ކާޅު ގެނައީ އުކާލެވޭ ކުނިމަދުކުރުމަށެވެ. މިގޮތުން އަވައްޓެރި އިންޑިޔާގެ ލިޔުންތެރިއަކު ލަފާކޮށްފައިވާ ގޮތުގައި އަހަރަކު 1.15 މިލިޔަން ޓަނުގެ ކުނި ނައްތާލަނީ ކާޅެވެ. (ސުމިތު ސެން، 2011).
އެހެންކަމުން ދިރާސާއެއް ކޮށްފިނަމަ ކުނިނައްތާލުމުގެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރެވިފައި ނުވާ މިރާއްޖޭގައިވެސް ކުނިނައްތާލުމުގަޔާއި އެހެނިހެން ގޮތްގޮތުން ކާޅު އަދާކުރާ މުޙިއްމު ރޯލު ރަނގަޅަށް ވަޒަންކުރެވިގެންދާނެއެވެ.

ޚިޔާލުގެ ލަގަނަށް ދޫކޮށްލާއިރު..

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި ތަފާތުކުރުންތަކާއި ނަސްލީ، ނަޞަބީ، ވަޠަނީ، ފިކުރީ އެކަހެރިކުރުންތަކަށް ވިސްނާ ނަޒަރު ހިންގާއިރު، ހީނުކުރާ ކިތަންމެ ކަމެއް ކިތަންމެ ގޮތަކަށް ބަދަލުވަމުން ފުރޮޅެމުން ދެއެވެ. ނިކަމެތިކުރުމުގެ ނަޒަރުން ދެކި ބާކީކޮށްލާ ކިތަންމެ ބަޔަކު ޤަދަރުވެރި، އާރާއި ބާރުހުރި ބަޔަކަށް ފަހުން ބަދަލުވެގެން ދެއެވެ. މީގެ އަނެއްކޮޅުވެސް މެއެވެ.  އެއް މުއައްސަސާއަކަށް ތަޞައްވުރު ނުފުދޭކަމަށް ދެކި ހޫރާލާ މީހުން އެފަދަ އެހެން މުއައްސަސާއެއްގެ ދެމިހުރުމަށް މުހިއްމު ތަނބުތަކަކަށް ވެގެންދެއެވެ. ބަޔަކު ނޫންކަމަށް މުޅިމުޖުތަމަޢު ދެކޭ މީހުންގެ އަގުނުކުރެވޭފަދަ ޚިދުމަތް ވަޒަންކުރެވެނީ އެބަޔަކު ނެތި ދިޔުމުންނެވެ. މިނިވަންކަމުގެ ފޮނިމީރުކަން އިހުސާސްކުރެވެން ފެށެނީވެސް އަޅުވެތިކަމުގެ ހިތިރަހަ ކަރުބުޑުގައި ލާންފެށުމުންނެވެ.  އެހެންކަމުން އެންމެހާ މަޚްލޫޤުންނަކީވެސް ގުޅި ލާމެހިފައިވާ ގުޅުންތަކަކުން ގުޅިފައިވާ ބައެއްކަން ޤަބޫލުކޮށްގެން، ވިސްނާ ފިކުރުކޮށްގެން،  ދިރިއުޅުމަށާއި ދިރިއުޅުނަދިނުމުގެ ފަލްސަފާ އިސްކުރަންޖެހޭކަން ކަށަވަރެވެ.

މައުލޫމާތުގެ މަސްދަރުތައް:

އަލްޤުރުއާނުލްކަރީމްގެ ދިވެހިތަރުޖަމާ
ސިލްވިއާ ބްރޫސް ވިލްމޯރ (1979). ކްރޯވްސް، ޖޭސް، ރޭވަންސް އެންޑް ދެއަރ ރިލޭޓިވްސް
ސުމިތު ސެން (2011). އިން ޕްރެއިސް އޮފް ކްރޯވްސް. ޔޫއާރްއެލް: http://birdsofindia-ssen.blogspot.com/2011/08/in-praise-of-crows.html

Tuesday, October 9, 2012

އިސްލާމީ މަތިވެރި ސަޚްސިއްޔަތު: "ޚަލީފާ ޢުމަރު ބިން ޢަބުދުލްޢަޒީޒް"

1:23 AM 0
އިސްލާމީ މަތިވެރި ސަޚްސިއްޔަތު: "ޚަލީފާ ޢުމަރު ބިން ޢަބުދުލްޢަޒީޒް"
އިސްލާމީ މަތިވެރި ސަޚްސިއްޔަތު: "ޚަލީފާ ޢުމަރު ބިން ޢަބުދުލްޢަޒީޒް"
ލިޔުނީ: ޠޯހާ އަބޫބަކުރު، ލ.ގަން
9 އޮކްޓޯބަރ 2012މ.

އަމީރުލްމުޢުމިނީން ޢުމަރު ބިން ޚައްޠާބް އެއްދުވަހަކު މަދީނާގެ މަގުތަކުން ހިންގަވާފައިވަޑައިގަތެވެ. ރައްޔިތުންގެ ޙާލްއަހްވާލް ބައްލަވާ، ރަށުތެރޭގެ ކަންތައްތައް ބައްލަވާލެއްވުމަށް މިގޮތަށް ވަޑައިގަތުމަކީ އެކަލޭގެފާނުގެ އާދަފުޅެކެވެ. އެދުވަހުގައި ހިނގިކަންތަކުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުފުޅުން ރޭވިފައިވަނީ ކޮންކަމެއްކަން ދެނެވަޑައިގެންނުވާ ހާލުކޮޅެއްގައެވެ.
ޢުމަރުގެފާނު ފާރެއްގެ ކައިރިން ވަޑައިގަންނަވަނިކޮށް މަންމައަކާއި އަންހެންދަރިއެއްގެ ދެމެދުގައި ދެކެވުނު ވާހަކަތަކެއް އިވިވަޑައިގަތެވެ. އެދެމައިންގެ އާމްދަނީ ބިނާވެފައިވަނީ ނަޢަމް ސޫފީގެ ކިރު ވިއްކައިގެންނެވެ. އެދުވަހު ފެލުނުކިރު މަދުވުމުގެ ސަބަބުން އެކިރަށް ފެން އެއްކުރުމަށް މަންމަ ބުނަމުންދަނީއެވެ. ކިރަށް ފެން އަޅާ ގަޑުބަޑުކޮށްގެން ބާޒާރުގައި ނުވިއްކުމަށް ޢުމަރުގެފާނު އަންގަވާފައިވާކަން އެއަންހެންކުއްޖާ އޭނާގެ މަންމައަށް ހަނދާންކޮށްދީ އެކަންކުރުމަށް އިންކާރުކުރަނީއެވެ. ޖަވާބުގައި "މިތާކު ޢުމަރެއް ނެތެއްނޫންހޭ. ކާކަށްހޭ އެނގޭނީ" މަންމަ ބުނެއެވެ. އެކަމަކުވެސް ޢުމަރުގެފާނު ބައްލަވަން ނެތްކަމަށްވިޔަސް ﷲ ބައްލަވާވޮޑިގެންވާކަން އެކުއްޖާ އޭނާގެ މަންމައަށް ހަނދާކޮށްދީ އިންޒާރުކުރަނީއެވެ. "ފެންނަތަނުގައި ﷲ އަށް ކިޔަމަންގަނެފައި ވަންހަނާގައި ﷲ ނުއުރެދޭނަމެވެ" އެކުއްޖާ ބުންޏެވެ.
ޢުމަރުގެފާނު މިއަޑު އައްސަވާފައި އެއަންހެންކުއްޖާގެ މަޢުލޫމާތު  ހޯއްދެވިއެވެ. އަދި އެކުއްޖާއަކީ މީހަކާއިނުއިނދެ ހުރި ކުއްޖެއްކަން އެނގުމުން އެކުއްޖާއާއި އެކަލޭގެފާނުގެ ދަރިކަލަކު ކައިވެނިކުރުވަން ނިންމެވިއެވެ. އަދި އެކަލޭގެފާނުގެ ދަރިންނަށް އެކުއްޖާގެ މަތިވެރި އަޚްލާޤާއި ޢީމާންތެރިކަން ކިޔައިދެއްވާ އެކަލޭގެފާނު ބޭނުފުޅުވާގޮތް ހާމަކުރެއްވިއެވެ. އެވަގުތު އެކަލޭގެފާނުގެ ދަރިކަލުން ޢާސިމް ބިން ޢުމަރު އެކައިވެނި ކުރައްވަން އެއްބަސްވެވަޑައިގަތެވެ. މިދެމަފިރިކަނބަލުންނަށް ލިބިލެއްވި އަންހެން ދަރިފުޅު ބޮޑުވެގެން ކައިވެނިކުރެއްވީ ޢުމަވީ ޚަލީފާ މަރްވާންގެ ދަރިކަލުން ޢަބުދުލް ޢަޒީޒް އާއެވެ. މިދެކަނބަލުންނަށް ލިބިލެއްވި ދަރިކަލަކީ ޢުމަރު ބިން ޢަބުދުލްޢަޒީޒް އެވެ.
ޢުމަރު ބިން ޢަބުދުލްޢަޒީޒް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 63 ވަނަ އަހަރުއެވެ. އެކަލޭގެފާނުގެ ބައްޕާފުޅު ޢަބުދުލްޢަޒީޒަކީ މިސްރުގެ ޤަވަރުނަރެވެ. އިސްލާމީ މާހައުލެއްގައި ބޮޑުކުރެއްވުމުގެ ބޭނުންފުޅުގައި ޢުމަރު ބިން ޢަބުދުލްޢަޒީޒްގެ ވަރަށް ޅަފަތުގައި މަދީނާއަށް ފޮނުއްވިއެވެ. މަދީނާގައި ކީރިތި ޤުރުއާން ހިތުދަސްކުރައްވައި، އިސްލާމީ އުއްމަތުގެ މޮޅެތި ދަންނަބޭކަލުންގެ އަރިހުންނާއި ޞަހާބީންނަށްފަހު އައި ޖީލުގެ ބޭފުޅުން އަރިހުން ޢިލްމާއި އިސްލާމީ ތަރުބިއްޔަތު ލިބިވަޑައިގަތެވެ.
އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވުމުން ޢުމަވީ ޚަލީފާ ޢަބުދުލްމަލިކް ބިން މަރުވާން ޢުމަރު ބިން ޢަބުދުލްއަޒީޒް ދިމިޝްޤަށް ގެންނަވައި ޚަލީފާގެ ދަރިކަނބަލުން ފާތިމަތު ބިންތު ޢަބުދުލްމަލިކް އާއި ޢުމަރު ބިން ޢަބުދުލްޢަޒީޒްގެ ކައިވެނިފުޅުކުރެއްވެވިއެވެ.
ހިޖުރައިން 86 ވަނަ އަހަރު ޚަލީފާ ވަލީދު ބިން ޢަބުދުލްމަލިކުގެ ވެރިކަމުގައި މަދީނާގެ ގަވަރުނަރުކަމަށް ޢުމަރު ބިން ޢަބުދުލްޢަޒީޒް އިސްކުރެއްވުމާއިގުޅިގެން ހިޖުރައިން 93 ވަނައަހަރާއި ހަމައަށް އެމަޤާމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ޢަދުލުވެރި ވެރިއެއްގެ ގޮތުގައެވެ. އެކަލޭގެ ފާނާއި ބެހޭގޮތުން ޒައިދު ބިން އަސްލަމް ވިދާޅުވެފައިވަނީ "ރަސޫލުﷲ (ޞ)އަށް ފަހު މިޒުވާނާއަށްވުރެ ރަސޫލުﷲ (ޞ)  ނަމާދުފުޅުކުރެއްވިގޮތާއި ވަކިން އެއްގޮތަށް ނަމާދުކުރެއްވި ޢިމާމެއްގެ ފަހަތުގައި ތިމަންނައަށް ނަމާދު ނުކުރެވެއެވެ. (އަލްބައިޙަޤީ)"
ބުނެވޭގޮތުގައި ޢުމަރު ބިން ޢަބުދުލްޢަޒީޒް މަދީނާގެ ވެރިކަމުން ދުރުކުރެވުނީ، އެކަލޭގެފާނުގެ ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއި ހަމަހަމަކަމުގެ ސަބަބުން، އެދުވަސްވަރު ގޮށްމުށުގެ ބާރުގައި އަނިޔާވެރިކަމާއެކު ވެރިކަން ކުރައްވަމުން ގެންދެވި ޙައްޖާޖް ބިން ޔޫސުފް ފަދަ ބޭފުޅުންގެ ނޭއްގާނީކަން ހާމަވަމުން ދިޔުމާއިގުޅިގެންނެވެ. ތާރީޚް ލިޔުންތެރިން ޚަލީފާ ވަލީދު ސިފަކުރަނީ ބާރުގެ ބޭނުން ނުޙައްޤުގޮތުގައި ހިއްޕަވަމުންގެންދެވި ކުރިންދެންނެވި ފަދަ ބޭފުޅެއްގެގޮތުގައެވެ. ނަމަވެސް  ޚަލީފާ ވަލީދުގެ ދައުރަކީ އިސްލާމީ ފުޠޫހާތުގެ ވަރަށް ކާމިޔާބު ދުވަސްވަރެއްވެސް މެއެވެ. އެގޮތުން ޠޯރިޤް ބިން ޒިޔާދުގެ ޤިޔާދަތުގެ ދަށުގައި މުސްލިމުން ސްޕޭން ފަޠަހަކުރުމާއި ޒުވާން ޤާއިދު މުޙައްމަދު ބިން ޤާސިމްގެ  ލީޑަރޝިޕްގެ ދަށުގައި މުސްލިމުން ސިންދު (އިންޑިޔާ) ފަޠަހަކުރުން ޚާއްޞަގޮތެއްގައި ފާހަގަކުރަންޖެހެއެވެ.

ޚަލީފާ ވަލީދު އަށް ފަހު ޚަލީފާކަމަށް އިސްވެވަޑައިގަތީ ސުލައިމާން ބިން ޢަބްދުލްމަލިކް އެވެ. ޚިލާފަތުގެ 3 އަހަރަށްފަހު ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އެދުވަސްވަރު ވަޒީރުގެ ލަފަޔާއެކު ޚަލީފާ ސުލައިމާން ނިންމެވީ، އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ ދަރިކޮޅުނޫން ބޭފުޅަކަށް ޚަލީފާކަން ދެއްވުމަށެވެ. ޝަރުޠަކީ އެގޮތުން ހަވާލުކުރެވޭ ބޭފުޅަކަށްފަހު ޚަލީފާ ސުލެއިމާންގެ އާއިލާއަށް އަލުން ޚަލީފާކަން ދެއްވުމެވެ. އެގޮތުން ޢުމަރު ބިން ޢަބުދުލްޢަޒީޒްއަށް ޚަލީފާކަން ދެއްވުމަށް ނިންމަވައި މިކަން ވަންހަނާގައި ބާއްވަވާ މިނިންމެވުމަށް އެއާއިލާގެ ނުފޫޒުގަދަ ބޭފުޅުން އެއްބަސްކުރުވިއެވެ. އެހެންކަމުން ޚަލީފާ ސުލައިމާން އަވަހާރަވުމާއިގުޅިގެން ދެން ޚަލީފާއެއްކަމުގައި ހުންނަވާނީ ޢުމަރު ބިން  ޢަބުދުލްޢަޒީޒްކަމުގައި އިޢުލާންކުރެވުނެވެ.
މިނިންމެވުން ވެގެންދިޔައީ އުމަވީންގެ ތެރެއަށް ވަރަށް ސިހުންކުރުވި ނިންމެވުމަކަށެވެ. ނަމަވެސް މިނިންމެވުމުގެ ސަބަބުން އަމީރުލްމުއުމިނީން އަށް ޢުމަރު ބިން ޢަބުދުލްޢަޒީޒް ވެވަޑައިގެންނެވުނީއެވެ.  އިސްލާމުންގެ 2 ވަނަ ޚަލީފާ ޢުމަރުބިން ޚައްޠާބްއަށް ހުވަފެންފުޅެއްގައި އެކަލޭގެފާނުގެ ދަރިކޮޅުން އަންނަ މޫނުފުޅުގައި ލަކުނެއް ހުންނަ ބޭކަލަކު ވެރިއަކަށްވެ، އިންސާފުން ބިން ފުރާލާނެތީ (ޔަޢުނީ: އިންސާފުވެރި ވެރިކަމެއް ކުރައްވާނެކަން) ފެނިވަޑައިގަންނަވާކަމުގައި އައްތިރިމިޒީ ރިވާކުރައްވައެވެ. މިހުވަފެންފުޅުގެ ތެދުކަން ނިކަން ދެކިބަލާށެވެ. ތުއްޕުޅުއިރު ސަވާރީއެއްގެ މޮއްގަނޑުން ނިތްކުރިފުޅަށް ލިބިވަޑައިގަތް ޒަޚަމްގެ ނިޝާންހުރި، އެކަލޭގެފާނުގެ މުނިކާފަ ދަރިކަލުން މުސްލިމުންގެ ޚަލީފާއަށް ވެވަޑައިގަތީއެވެ. ޢުމަރު ބިން ޢަބުދުލް ޢަޒީޒްގެ ޚިލާފަތުގައި ބިމުގައި ހަމައާއި އިންސާފް ޤާއިމްކުރެއްވިކަމަކީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. (ނުނިމޭ)

މަޢުލޫމާތުގެ މަސްދަރު:

http://www.khilafah.com