ޠާހާ އަބޫބަކުރު، ލ.ގަން
ޅެންވެރިއަކަށް މަނުވިޔަސް، ޅެންވެރިކަމުގެ ކަތުންނަށް
ޅެންބަސްތަކުން
މިކުރަނީ ފޮނި ތަޙުނިޔާ ވެދުންތައް
ޅެންބަހުރުވައިގެ ބާރުން ކުރުވީ މި ފުން އަސަރަކީ
ދެންނެވިޔަކަސް
އެނގޭނޭ ހެން ހީނުވާ އަސަރުތައް
ޅެންވެރިކަމަށް މަ އެދެނީ ފާގަތިވި އަލި ދުވަސްތައް
ފެންދީ
ދިރުން ގެނެސްދޭ ފަދަ ޗާލު ދިވެހި ޅެންތައް
ޅެންވެރިކަމުގެ ބަހާރަށް އުނިކަން ނުވާނެ ގޮތްތައް
ޅެންވެރި
އަދީބުނަށް އާފިޔަތާއި ހެޔޮ ދުވަސްތައް
22 ޖެނުއަރީ 2017
* ނޯޓް: އަޅުގަނޑަކީ ޅެންވެރިއެއް ނޫނީމުއެވެ. ނަމަވެސް ޅެންވެރިންގެ ދުވަސްފާހަގަކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީ އިން 2017 ޖެނުއަރީ 21 ވީ ހޮނިހިރު ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި ކުލަގަދަ ހަފްލާ ފެނިފައި ހިތަށްވެރިވި ޝުއޫރުތައް ގިނަކަމުން ވަޒަން ބަހުރުވައިން އެއްޗެއް ދެންނެވޭތޯ ބަލައިލީއެވެ.
No comments:
Post a Comment