ނޯޓު: މިސިލްސިލާގައި ލިޔާހުށީ ހައްދުންމަތީގައި އިހުގައި ހިނގާފައިހުރި ހާދިސާތަކުގެ ވާހަކަތަކެވެ.މިވާހަކަތައް ކިޔައިދޭމީހާ މަސައްކަތްކުރި އޮފީހެއްގެ ގޮވަތިތެރޭގައި ހުއްޓާ އެއްދުވަހަކު ކަޅައިދޫ ރާ ޢަބުދުﷲ ބޭގެ ދަރިއެއް އައިސް ބުނެފޫއެވެ. އިހުގެ ވާހަކަތައް ހޯދައި ލިޔެ ހަދާއިރު، ކައްދޫ ހަސަނު ހާ ބަންހެނޭ ކިޔައިއުޅޭ ވާހަކައެއް އަހަމުހެއްޔެވެ؟ އަޅުގަނޑު ބުނެފީމެވެ. ނާހަމެވެ.އޭނާ: އަހާށޭ ކައްދޫ ޙަސަނަކީ ތިމަންނާގެ މުނިކާފަޔާވީ މީހެކެވެ. އަހާފައިވާ ގޮތުގައި...
Sunday, May 31, 2020
Sunday, February 2, 2020
ރައީސް ވަޑައިގަންނަވާތީ ވެރީން އަންގަވާފައި އޮތީ އެހެންޏާ މަސައްކަތުގެ ފޯރި ނަގާ ވަރަށްވުރެވެސް ފޯރިގަދަކޮށްގެން މަސައްކަތްކުރުމަށެވެ. ހައްދުންމަތީގައި ވައިގެ ބަނދަރު ހަދަމުންދިޔަ ކައްދޫއަށް ރައީސުލްޖުމްހޫރިއްޔާ (ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލް ޤައްޔޫމް) ވަޑައިގަތީ ކަނޑުމަގުންނެވެ. ރަންވޭ ހެދުމަށްޓަކައި ގައު ލަފާ މީހުން ގައު ލަފަނީއެވެ. ގައު ގޮޅިޖަހާ މީހުން ގައު ގޮޅި ޖަހަނީއެވެ. ގައުތަޅާ މީހުން ގައު ތަޅަނީއެވެ. މާކަ ގިނަ މެޝިނަރީތަކެެއް އަމުދުން...
Thursday, September 19, 2019
މޮށެއުޅޭ ބަހުރުވަ ތަކުގައި ހުންނަ ކުދިކުދި ތަފާތުތަކުގެ ސަބަބުން ބަހުގެ ބަސްކޮށާރުގެ މުއްސަނދިކަން އިތުރުކޮށްދެއެވެ. ހައްދުންމަތީ ބަހުރުވައަކީ ހައްދުންމަތީގެ ވަކިރަށެއްގެ ނުވަތަ ވަކިސަރަހައްދެއްގެ މީހުން ވާހަކަ ދައްކައި އުޅޭ ގޮތެއް ނޫނެވެ. މި އަތޮޅުގެ ކޮންމެ ރަށެއްގެ ބަހުރުވައަކީވެސް ހަމަ ހައްދުންމަތީ ބަހުރުވައެވެ. ގެންގެރޭން ބޭނުންކޮށް އުޅެނީ އެއްގަމުހުރި އެއްޗެއް އަތިރިޔަށް ގެންދިއުމަށެވެ. އަޅުގަނޑަށް ވިސްނެނީވެސް އަހައިފައިވަނީވެސް އަންނަނިވި...
Wednesday, February 13, 2019
ލިޔުނީ: ޠާހާ އަބޫބަކުރު
13 ފެބުރުވަރީ 2019މ.
މިކީލަ ހުރީ މާލޭ
ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައެވެ. މިޤަބުރުސްތާނުގައިހުރި އެންމެ ބޮޑު
މަހާނަގައު ކަމުގައިވާ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 2 ވަނަ (ފަހުން
ފާށަނާކިލެގެފާނު) ގެ މަހާނަފުޅުގެ ގައުފުޅުގެ ހުޅަނގުން އެއްގައު ދޫކޮށްފައެވެ.
ރީތި ކުރެހުން ގަނޑެއްހުރި މިގަލުގައިވާ ލިޔުން ލިޔެފައިވަނީ ލޮއި ފޮތްޗެއްގައި
އިހުގެ ތާނަ އަކުރުންނެވެ. މިލިޔުމުގައިވާ ބައެއް ސުކުންތައް ކުރުމުގައި
މިޒަމާނުގައި...
Sunday, April 15, 2018
އަޙުމަދު
ޒަކަރިއްޔާ، (މަތިމަރަދޫ.އަޒުމް، ލ.ގަން) މިފަނާވަނިވި ދުނިޔެ ދޫކޮށް ދެމިއޮތުމުގެ
ގޮވައްޗަށް ދަތުރުކުރިކަމުގެ ހަނދާން.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އަޙުމަދު ޒަކަރިއްޔާ (މަތިމަރަދޫ.އަޒުމް، ލ.ގަން) އަކީ
އާއިލީގޮތުން ގުޅިފައިވުމުގެ އިތުރަށް އަޅުގަނޑުމެން ކުޑައިރު މައިފުށުގެ
ބޮޑުދައިތައަކާއި އޭނާ ކުރެއްވި ކައިވެނީގެ ސަބަބުން ވަރަށް ބޮޑު ގާތްކަމެއް
އުފެދިފައިވާ ބޭބެއެކެވެ. އަޅުގަނޑަށް ފާހަގަކުރެވެނީ އޭނާއަކީ އޭނާގެ އެއްބަނޑު
އެހެން...
Thursday, April 12, 2018
12
އޭޕްރީލް 2018މ. ބުރާސްފަތި
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އަޅުގަނޑުގެ ވަރަށް ގާތް ރަޙުމަތްތެރި
އަޚެއްކަމުގައިވާ ލ.ގަމު މުކުރިމަގު ފިނިފެންމާގޭ ޙުސައިން އިބްރާހިމް (ކުނޑިގޭ
ޙުސޭނުބޭ) މިއަދު މެންދުރު ނިޔައުވި ޚަބަރު އެހީ ފުންހިތާމައާއެކުގައެވެ. ކުނޑިގޭ
ޙުސޭނުބެއަކީ ވަރަށް މަސައްކަތްތެރި ބޭފުޅެކެވެ. ފިސާރި ޖެހިލުންކުޑަ ކެރޭ
ސަޚުސިއްޔަތެކެވެ. އަޅުގަނޑު ޙުސައިނުބޭ ދަންނަން ފެށީ 1990ގެ އަހަރުތަކުގެ
ކުރީކޮޅުގައި އަޅުގަނޑުގެ ބޮޑުބޭބެގެ...